ވަރަށް ފަހުން ބޮލީވުޑަށް ތައާރަފްވި ކިއާރާ އަދްވާނީ ކޮމެޑީ ފިލްމެއް ކުޅުމަށް ސޮއިކޮށްފިއެވެ.
މިވަގުތު ވިކްރަމް ބަޓްރާގެ ބައޯޕިކް ކަމުގައިވާ "ޝޭރް ޝާހް" ގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ ކިއާރާ ސޮއިކޮށްފައިވާ ކޮމެޑީ ފިލްމުގެ ނަމަކީ "އިންޑޫ ކި ޖަވާނީ" އެވެ.
މި ފިލްމަކީ ގާޒިއާބާދް ގައި ދިރިއުޅޭ އަންހެން ކުއްޖަކަށް ޑޭޓިން އެޕް އަކުން ދިމާވާ މަޖާ ކަންތައްތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މިއަހަރުގެ ސެޕްޓެމްބަރުގައި ފަށާގޮތަށް ވަނީ ހަމަޖައްސައިފައެވެ. ފިލްމު ރިލީސްކުރާ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.