މުނިފޫހިފިލުވުން

ޕްރިޔަންކާ ބޮލީވުޑަށް އެނބުރި އައުން މަހޭޝް ބާބޫއާއެކު: ރިޕޯޓް

އެސްއެސް ރާޖަމައުލީގެ އަންނަން އޮތް ފިލްމުގެ ތައްޔާރީތައް ފެށިފައިވާ ކަމަށް އިއުލާނުކޮށްފިއެވެ. މި ފިލްމުގައި މަހޭޝް ބާބޫ ލީޑު ރޯލެއް އަދާކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ. މިއީ 2022 ވަނަ އަހަރު ރާމް ޗަރަންއާއި ޖޫނިއަ އެންޓީއާރު ބައިވެރިވެ، ބޮޑު ކާމިޔާބީއެއް ހޯދި 'އާރްއާރްއާރް' ފިލްމަށްފަހު ރާޖަމައުލީގެ ފުރަތަމަ މަސައްކަތެވެ.

ފިލްމުގެ ކާސްޓާއި ތީމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ފޭނުން އިންތިޒާރުކުރަމުންދަނިކޮށް، ޕްރިޔަންކާ ޗޯޕްރާ މި މަޝްރޫއުގައި މަހޭޝްއާއެކު ބަތަލާގެ ދައުރު އަދާކުރާނެ ކަމަށް ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ. މި ފިލްމަށް މިވަގުތު ކިޔަނީ 'އެސްއެސްއެމްބީ29' އެވެ.

ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، އެފްރިކާގެ ޖަންގަލީ އެޑްވެންޗާ ދައްކުވައިދޭ މި ފިލްމުގައި މަހޭޝް ތަމްސީލުކުރާނީ ލޯޑް ހަނުމާންއާއެއް ފަދަ ސިފަތަކެއް އެކުލެވޭ ދައުރެކެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލްމަހު އެވެ.

ޕްރިޔަންކާ އިންޑިއާގެ ފިލްމު ސިނާއަތަށް އެނބުރި އައުމަށް ތައްޔާރުވަނީ އެސްއެސް ރާޖަމައުލީގެ ކުރިއަށް އޮތް، ޖަންގަލީގެ އެޑްވެންޗާ ފިލްމްވެންޗާ ފިލްމާ އެކުގައެވެ.

ދުނިޔޭގެ ފެންވަރުގައި ވާހަކަ ކިޔުމުގެ ހުނަރަށް މަޝްހޫރު ރާޖަމައުލީ، މި ފިލްމުގެ ލީޑު އަންހެން ދައުރަށް ބޭނުންވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ނަން މަޝްހޫރުވެފައިވާ ތަރިއެކެވެ. ޕްރިޔަންކާއަކީ މިކަމަށް އެންމެ އެކަށީގެންވާ ތަރި ކަމުގައި ހަބަރުތައް ބުނެއެވެ. ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ޑައިރެކްޓަރާއި އެކްޓްރެސް ވަނީ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މި މަތީ ފެންވަރުގެ ޕްރޮޖެކްޓަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްބެސް ހަބަރުތައް ބުނެއެވެ.

'ކްރިޝް' ފިލްމުގެ އެކްޓްރެސްގެ އެންމެ ފަހުން ފެނުނު ބޮލީވުޑް ފިލްމަކީ 'ދަ ސްކައި އިޒް ޕިންކް' އެވެ.

މި ފިލްމުގެ ޝޫޓިން 2026 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވަނީ ޝެޑިއުލްކޮށްފައެވެ. އަދި 2027 ވަނަ އަހަރު ސިނަމާތަކުގައި އަޅުވާނެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ފިލްމު ޝޫޓް ކުރާނީ އިންޑިއާއާއި އެމެރިކާގެ ސްޓޫޑިއޯތަކުގައި އަދި އެފްރިކާގެ ޖަންގަލީގައެވެ.