މުނިފޫހިފިލުވުން

ނީޓާ ލުއްލާ ފަރުމާކުރި އައިޝްވަރިޔާގެ ޖޯދާ އަކްބަރު ލެހެންގާ އެކަޑަމީ މިޔުޒިއަމުން ޖާގަ ހޯދައިފި

2024 ވަނަ އަހަރަކީ އައިޝްވަރިޔާ ރާއީގެ އަމިއްލަ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އައި އަހަރެކެވެ. އަބީޝެކް ބަޗަންއާއެކު އޭނާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ތަފާތު މަސްދަރުތަކުން ރިޕޯޓުކުރަމުން ދިޔަ ނަމަވެސް، އައިޝްވަރިޔާގެ ފުށުން އެފަދަ ކަމެއް ނުފެނެއެވެ.

އާންމު ގޮތެއްގައި އެއްތަނަކުން މި ދެމަފިރިން ފެނުން މަދުނަމަވެސް، ފަހަކަށް އައިސް އެ ދެމަފިރިން ގިނައިން އާންމުންނަށް ފެންނަމުން ދިއުމާއެކު، ކުރީން އުފެދިފައިވާ ގިނަ ޝައްކުތައް ވަނީ ފިލައިގޮސްފައެވެ. އެންމެ ފަހުން މި ދެމަފިރިން ފެނިފައިވަނީ ދަރިފުޅު އާރާދިޔާ ބަޗަންގެ ސްކޫލުގެ އަހަރީ ދުވަހުގެ ހަފުލާއިންނެވެ. މި ހަފުލާގައި އާރާދިޔާ ފެނިފައިވަނީ ޝާހުރުކް ޚާންއާއި ގައުރީ ޚާންގެ އެންމެ ހަގު ދަރިފުޅު އަބްރާމްއާ އެކުގައެވެ.

މަސައްކަތުގެ ދާއިރާއިން ބަލާއިރު، އައިޝްވަރިޔާ މި އަހަރު ނިންމާލަނީ ވަރަށް ފާހަގަކޮށްލެވޭ ގޮތެއްގައެވެ. އަސުތޯޝް ގޯވަރީކަރްގެ 2008 ވަނަ އަހަރުގެ ތާރީޚީ ޑްރާމާ ފިލްމު "ޖޯދާ އަކްބަރު" އިންނެވެ.

މި ހަފުތާގެ ކުރީކޮޅު، ދަ އެކަޑަމީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން "ޖޯދާ އަކްބަރު" ފިލްމުގެ މަންޒަރުތަކެއް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ހިއްސާކުރިއެވެ. މި ވީޑިއޯގެ ގިނަ ބައިތަކުގައި އަލިއަޅުވައިލައިފައިވަނީ ޖޯދާގެ ދައުރުން އައިޝްވަރިޔާގެ ސިފަތަކަށެވެ. މީގެ ތެރޭގައި ރިތިކް ރޯޝަން ކުޅެފައިވާ އަކްބަރާ އެކު އޭނާ ކައިވެނިކުރާ މަންޒަރުވެސް ހިމެނެއެވެ. މި ޕޯސްޓް ކޮށްފައިވަނީ ފިލްމުގައި ދައްކާފައިވާ ކައިވެނީގެ ހެދުން މިހާރު އެކަޑަމީ މިޔުޒިއަމްގެ "ކަލަރ އިން އެގްޒިބިޝަން" ގައި ބެހެއްޓޭނެކަން އަންގައިދިނުމަށެވެ.

މި ވީޑިއޯގައި ނީޓާ ލުއްލާ ފަރުމާކޮށްފައިވާ މި ހެދުން މެނެކުއިންއެއްގައި އަޅުވާފައިވާ ކްލޯޒްއަޕް ޝޮޓްތަކެއްވެސް ހިމަނާފައިވެއެވެ. މިއީ އައިޝްވަރިޔާގެ ޕްރޮފެޝަނަލް ގާބިލުކަމަށް ވުރެ ބޮޑަށް އޭނާގެ ހެދުމަށް ދެވޭ ތައުރީފެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް، އެއްވެސް ހެދުމެއް "އައިކޯނިކް" އެއްޗެއްގެ ގޮތުގައި ބެލެވެނީ، އެ ހެދުން ލައިގެން ހުންނަ މީހާގެ ސަބަބުންކަން ހަނދާންކުރަން ޖެހެއެވެ.

ނީޓާ ލުއްލާ ފަރުމާކުރި ރަތާއި ރަންކުލައިގެ މި ހެދުމަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާއެކެވެ. މި ހެދުމުން ފެހުމާއި އެމްބްރޮއިޑަރީގެ އެންމެ މަތީ ފެންވަރުގެ މަސައްކަތް ފެނެއެވެ. މިއީ ޒަމާންތަކެއް ވަންދެން ދަމަހައްޓަމުން އައިސްފައިވާ ތަރިކައީ ހުނަރެކެވެ.

މި ހެދުމުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ހިމެނެނީ:
1. އަގުހުރި މާއްދާތަކުގެ ބޭނުން ހިފާފައިވުން
2. އިންޑިއާގެ ގައުމީ ދޫނި ކަމުގައިވާ މޮރާގެ ކުރެހުމެއް ގަހަނާ ބޭނުންކޮށްގެން ހިމަނާފައިވުން

"ނީޓާ ލުއްލާ ފަރުމާކުރީ ހަމައެކަނި ހެދުމެއް ނޫނެވެ. އޭނާ އުފެއްދީ ތާރީހު ތަކަކަށް ދެމިހުންނާނެ ތަރިކައެކެވެ." މިއީ މި ޕޯސްޓުގެ ކެޕްޝަންގައި ހިމަނާފައިވާ އިބާރާތެކެވެ. މި އިބާރާތުން ހާމަވަނީ މި ހެދުމުގެ ފަންނީ އަދި ސަގާފީ އަގުވެސް މެއެވެ.

މި މައުރަޒު ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ޓިކެޓް ވިއްކަމުން އެބަގެންދެއެވެ. އަދި "ޖޯދާ އަކްބަރު" ފިލްމު މިހާރު އޯޓީޓީ ޕްލެޓްފޯމްތަކުން ސްޓްރީމްވެސް ކުރެވޭނެއެވެ.