ޕޮލިސް

ދެކުއްޖަކާ ބެހިގެން ހައްޔަރުކުރި މީހާގެ ބަންދަށް 12 ދުވަސްޖަހައިފި

އަލީ އިހްސާން

1

ހުޅުމާލޭގައި ދެ ކުޑަ ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ބަންދަށް 12 ދުވަސްޖަހައިފިއެވެ.

އިއްޔެ 1:00 ހާއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ، ރޭ ދަންވަރު 2:48 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ދެ ކުޑަ ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ރޭ ހުޅުމާލޭ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެމީހާ ގަންހިނގުވާފަައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟