ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެޗްޑީއެފްސީ)ގެ ބޯޑު މެންބަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ވެބްސައިޓުގައިވާ ގޮތުގައި ޝަފީގު އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގައެވެ.
މި ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝަފީގު ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަގާމުގައެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުން ޝަފީގު އިސްތިއުފާދެއްވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ޝަފީގަށް ފަހު، ފިނޭންސް މިނިސްޓަރުކަން މިހާރު ކުރައްވަނީ މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރެވެ.