އަނުޝްކާ ޝަރްމާ އާއި ވިރާތު ކޯލީއަކީ ބޮލީވުޑްގައި އެންމެ ބޮޑު މަގުބޫލުކަން ލިބިފައިވާ ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެވެ. މި ދެ މީހުންގެ އާއިލީ ދިރިއުޅުމާއި، އެ ދަރީން ކަމުގައިވާ ވާމިކާ އަދި އަކާއީ އާ ގުޅޭ ހަބަރުތަކަށް މީޑިއާގެ ސަމާލުކަން ލިބުމަކީ އާންމު ކަމެކެވެ.
މި އަހަރުގެ ފެށުމުގައި، މި އާއިލާ ލަންޑަނަށް ދާއިމީކޮށް ބަދަލުވެދާނެ ކަމުގެ ހަބަރުތައް ފެތުރެން ފެށިއެވެ. މި ހަބަރުތަކަށް އިތުރު ބާރު ލިބުނީ ވިރާތު އަމިއްލައަށް އޭނާގެ މުސްތަގުބަލުގެ ޕްލޭންތަކާ ބެހޭގޮތުން ވާހަކަދެއްކުމުންނެވެ. އޭނާ ބުނެފައިވަނީ ކްރިކެޓް ކެރިއަރު ނިމުމަކަށް އަންނަ ހިނދު، އާންމު ދިރިއުޅުމުން ދުރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ވިރާތުގެ ކުޑައިރުގެ ކޯޗު މި މައްސަލައާ ބެހޭގޮތުން ދެއްކި ވާހަކައިގައި، ވިރާތު އަނުޝްކާ އާއި ދަރިންނާއެކު ލަންޑަނަށް ބަދަލުވުމަށް ނިންމަވާފައިވާ ކަމުގެ މައުލޫމާތު ހިއްސާކުރިއެވެ.
އަނުޝްކާ އާއި ވިރާތު ވަނީ އެކުގައި ވިޔަފާރީގެ ތެރެއަށްވެސް ވަދެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމަފިރިން ވަނީ ޔޫކޭގައި މެނޭޖްމަންޓް ކޮންސަލްޓަންސީ ކުންފުންޏެއްގެ ހިއްސާ ގަނެފައެވެ. މީގެ އިތުރުން، ފާއިތުވި މަސްތަކުގައި މީސްމީޑިއާގައި ވައިރަލްވި ފޮޓޯތަކާއި ވީޑިއޯތަކުގައި އަނުޝްކާ އާއި ވިރާތު ލަންޑަންގެ ޕާކެއްގައި ހުސްވަގުތު އުފަލާއެކު ހޭދަކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.
މަސައްކަތުގެ ރޮނގުން ބަލާއިރު، އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ފިލްމު "ޒީރޯ"އިންނެވެ. އަދި 2022 ވަނަ އަހަރު ކަރްނޭޝް ޝަރްމާގެ "ގާލާ" ފިލްމުގައި ކުރު ދައުރެއް އަދާކުރިއެވެ.