ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ ދިނުމަށް ފޮނުވައިފިކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އަކްރަމް މިއަދު ވިދާޅުވީ ޕީޕީއެމް ހިމެނޭ ގޮތަށް ހުރިހާ ޕާޓީއެއްގެ ފައިސާ އެޕާޓީއަކަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއިން ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހޭއިރު މިމަހު 16 ގައި އިލެކްޝަނުން ވަނީ ތިން ޕާޓީއެއްގެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. އެއީ އެމްޑީޕީ، ޖޭޕީ، އަދި އެމްޑީއޭ އެވެ.
ޕީޕީއެމް އަށް ފައިސާ ދޫކުރަން އިލެކްޝަނުން އޭރު އެދިފައި ނުވަނީ އެޕާޓީން ހުށައެޅި އަހަރީ ރިޕޯޓްގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުންނެވެ.