ހުޅުމާލޭގައި ކުޑަ ދެކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެމީހާ ބަރަހަނާކޮށް ގަންހިންގުވި ފަހުން އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ 1:00 ހާއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި މެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ރޭ ދަންވަރު 2:48 ގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ މަގުމަތީގައި ގަން ހިންގުވި މީހާ ކަމަށެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ރޭގެ ވަގުތެއްގައި ވިދާޅުވީ ރޭ 22:45 ހާއިރު ހުޅުމާލޭ ސަހަރާ މިސްކިތް ކައިރީ މީހަކަށް އަނިޔާކުރާކަމަށް ބުނެ އާންމުންގެ މީހަކު ރިޕޯޓް ކުރުމުން، ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހާ ހިނގާފައި އަންނަ ކަމަށެވެ.
އަދި އެމީހާއާ ސުވާލުކުރުމުން ޖަވާބު ދީފައި ނުވާތީ އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލަންޖެހޭ ކަންކަން ބަަލަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.