ވިޔަފާރި

ސްކޫލު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ދަތުރުތައް އިތުރުކޮށްފި

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްކޫލް ޗުއްޓީއާ ދިމާކޮށް އެ އެއާލައިނުން ދަތުރުކުރާ މަންޒިލުތަކަށް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޓިކެޓު ބުކް ކުރެވެން ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އިތުރުކުރި ދަތުރުތަކުގެ ތަފްސީލުގައި މޯލްޑިވިއަނުން ބުނީ މި މަހުގެ 16، 17 އަދި 19 ވަނަ ދުވަހު ފުވައްމުލައް ސިޓީއަށް އިތުރު ދަތުރެއް ބާއްވާނެ ކަމަށެވެ. ހއ. ހޯރަފުށިއަށް މި މަހުގެ 16 އަދި 18 ވަނަ ދުވަހު އިތުރު ދަތުރެއް އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. މި މަހުގެ 16 ވަނަ ދުވަހު އައްޑޫ ސިޓީ ގަމަށް އިތުރު ދަތުރެއް އޮންނާނެ ކަމަށާއި މި މަހުގެ 18 އަދި 19 ގައި ކޮންމެ ދުވަހަކު އިތުރު ދެ ދަތުރު ގަމަށް އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އަދި ކުޅުދުއްފުށި ސިޓީއަށް މި މަހުގެ 17 ގައި އިތުރު ދަތުރެއް އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ގއ. ކައްދުއަށް މި މަހު 17 އަދި 18ގައި އިތުރު ދަތުރެއް އަދި ށ. ފުނަދުއަށް މި މަހުގެ 17 އަދި 20 ގައި އިތުުރު ދަތުރެއް ބޭއްވުމުގެ އިތުރުން މި މަހުގެ 18 ގައި އިތުރު ދަތުރެއް ފަރެސްމާތޮޑާއަށް ވެސް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެ އިތުރުން ބ. ދަރަވަންދުއަށް މި މަހުގެ 19 ގައި އިތުރު ދަތުރެއް އޮންނާނެ ކަމަށާއި ހދ. ހަނިމާދުއަށް ވެސް މި މަހުގެ 19 ގައި އިތުރު ދަތުރެއް އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އަދި ގދ. މާވާރުލުއަށް މި މަހުގެ 20 ގައި އިތުރު ދަތުރެއް އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން އާންމު ގޮތެއްގައި ފުލައިޓް ދަތުރުތައް އިތުރުކުރެއެވެ.