ވިޔަފާރި

ވައިބާގެ ޕްރިމިއަމް ސްޓިކާ ޑައުންލޯޑް ކުރުމަށް ދިރާގުން ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި

ވައިބާގެ ޕްރިމިއަމް ސްޓިކާ ޑައުންލޯޑް ކުރުމަށް ދިރާގުން ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

ދިވެހިރާއްޖޭގެ މުވާސަލަތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން ބުނީ "ޕްރީމިއަމް ވައިބާ ސްޓިކާ" ޕެކޭޖު މެދުވެރިކޮށް މަހަކު 19ރ. ދެއްކުމުން ބޭނުން އަދަދަކަށް ވައިބާގެ ސްޓިކާ ޕެކްތައް ގަނެވޭނެ ކަމަށެވެ.

"ޕްރީމިއަމް ވައިބާ ސްޓިކާ" އެކްޓިވޭޓް ކޮށްލުމުން ވައިބަރގެ ސްޓިކާ މާރކެޓްގައި ހިމެނޭ އެތައްހާސް ސްޓިކާތައް ދިރާގު ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލައި ބޭނުންކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އެސްޓިކާތަކުގެ ތެރޭގައި މާވެލް ސްޓިކާތަކާއި، ޑިސްނީ އަދި ކާޓޫންނެޓްވޯކްގެ ސްޓިކާތައްވެސް ހިމެނޭނެއެވެ.

ވައިބާ ސްޓިކާ ޕޯޓަލް އަށް ވެދެގެން މި ސްޓިކާ ޕެކޭޖް އެކްޓިވޭޓު ކުރެވޭނެއެވެ. މަހަކު ސަބްސްކްރައިބް ކުރަން ޖެހޭ މިޕެކޭޖުގައި، ތަފާތު ބާވަތްތަކުގެ ސްޓިކާތައް ހުރެއެވެ.