'ބޫލް ބުލައްޔާ 3' ގެ ކާމިޔާބީއަށްފަހު، ބޮލީވުޑް އެކްޓްރެސް ޓްރިޕްޓީ ދިމްރީ މިހާރު ވަނީ ޝާހިދު ކަޕޫރާއެކު އަންނަން އޮތް ފިލްމު 'އަރްޖުން އުސްތާރާ' ގައި މަސައްކަތްކުރުމަށް ތައްޔާރުވެފައެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ތަޖުރިބާކާރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް އެވެ.
ނިއުސް 18 ގެ ރިޕޯޓުގައިވާ ގޮތުން، ޓްރިޕްޓީ މި ފިލްމުގައި އަދާކުރާނީ ލީޑް އެކްޓްރެސްގެ ރޯލެވެ. ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް އެބަދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ މަސައްކަތަށް މުމްބާއީގައި ބޮޑު ސްޓޫޑިއޯއެއް ގާއިމުކުރެވިފައިވާ ކަމަށާއި، ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 6 ޖަނަވަރީ 2025 ގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
'އަރްޖުން އުސްތާރާ' އާ ބެހޭ ގިނަ މައުލޫމާތުތައް އަދިވެސް ފިލްމު ހަދާ ފަރާތްތަކުން އާންމުކޮށްފައެއް ނުވެއެވެ. ރިޕޯޓުތަކުގައި އިތުރަށް ބުނެފައިވާ ގޮތުގައި އަންނަ އަހަރު މި ފިލްމު ވަރަށް ބޮޑުކޮށް ރިލީޒްކުރުމުގެ އަމާޒު ވަނީ ހިފާފައެވެ.