ރާޖްކުމާރު ރާއޯ އާއި ޓްރިޕްޓީ ދިމްރީގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ" އޯޓީޓީގައި ރިލީޒްކޮށްފިއެވެ.
ރާޖް ޝާންދިލްޔާ ޑައިރެކްޓްކުރި މި ފިލްމު ނެޓްފްލިކްސްގައި ޕްރިމިއަކުރީ އިއްޔެއެވެ.
ރާޖްކުމާރު އާއި ޓްރިޕްޓީގެ އިތުރުން، މި ފިލްމުގައި ވިޖޭ ރާޒް، މަސްތު އަލީ، އަރްޗަނާ ޕޫރަން ސިންގް، މުކޭޝް ތިވާރީ، ސަހަރްޝް ކުމާރް ޝުކްލާ، އަރްޗަނާ ޕަޓެލް، ރާކޭޝް ބޭދީ، ޓީކޫ ތަލްސާނިޔާ އަދި އަޝްވިނީ ކަލްސޭކަރް ފަދަ ތަރީން ވެސް ފެނިގެންދެއެވެ.
"ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ" އަކީ އަލަށް ކައިވެނިކުރި ޖޯޑުން ކަމުގައިވާ ވިކީ (ރާޖްކުމާރު) އާއި ވިދިޔާ (ޓްރިޕްޓީ ) އާއި އެމީހުންގެ އާއިލާ، ރިޝިކޭޝްގައި ގެއްލިފައިވާ އެމީހުންގެ "ސުހާގްރާތް ސީޑީ" ހޯދުމަށް ކުރާ މަސައްކަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.