ސުކުމާރުގެ "ޕުޝްޕާ 2: ދަ ރޫލް" ތިއޭޓަރުތަކުގައި ދައްކަން ފެށީ ބުރާސްފަތި ދުވަހުގައެވެ. ޑިސެމްބަރު 4 ގައި ފައިސާ ދައްކައިގެން ފިލްމުގެ ޕްރިމިއާއެއްވެސް ދެއްކުނެވެ. އައްލު އަރްޖުން، ރަޝްމިކާ މަންދަންނާ އަދި ފަހަދު ފާސިލް ފަދަ ތަރިން ކުޅެފައިވާ މި ފިލްމުން މިހާ އަވަހަށްވެސް ގިނަ ރެކޯޑުތަކެއް ހާސިލުކޮށްފިއެވެ.
މި ފިލްމުން ވަނީ ހިންދީ ބަހުގެ އެއްވެސް ފިލްމަކަށް ނުލިބޭހާ ބޮޑު އާމްދަނީއެއް އޯޕަނިންގައި ހޯދައިފައެވެ. މީގެ ކުރިން "ޖަވާން"، "އެނިމަލް" އަދި "ކޭޖީއެފް: ޗެޕްޓަރ 2" ފަދަ ފިލްމުތަކުން ހޯދައިފައިވާ ރެކޯޑުތައްވެސް މި ފިލްމުން ވަނީ މުގުރާލައިފައެވެ.
ރިޕޯޓުތައް ދައްކާ ގޮތުގައި، "ޕުޝްޕާ 2: ދަ ރޫލް" އަށް ބުދަ ދުވަހުގެ ޕްރިމިއާތަކުން 10 ކްރޯޑު ރުޕީސްގެ ސާފު ފައިދާ ލިބުނެވެ. އަދި ފުރަތަމަ ދުވަހު 159.95 ކްރޯޑު ރުޕީސްގެ ސާފު ފައިދާ ލިބުނެވެ. މިއާއެކު ޖުމުލަ 170.6 ކްރޯޑު ރުޕީސް ލިބިއްޖެ އެވެ.
ހުކުރު ދުވަހު، ފިލްމުގެ ޓީމުން ކަށަވަރުކޮށްދިން ގޮތުގައި "ޕުޝްޕާ 2" އަށް ހަމައެކަނި ހިންދީ ބަހަށް ޑަބްކޮށްފައިވާ ވާޝަނުން ފުރަތަމަ ދުވަހު 72 ކްރޯޑު ރުޕީސްގެ ސާފު ފައިދާ ލިބުނެވެ. މިއީ 'ހިންދީ ބަހުގެ ފިލްމަކަށް ލިބުނު އެންމެ މަތީ އޯޕަނިން' އެވެ. "ޕުޝްޕާ 2: ދަ ރޫލް" ގެ މި އަދަދުތަކަކީ ހިންދީ ބަހަށް ޑަބްކޮށްފައިވާ ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އެންމެ މަތީ އާމްދަނީ ވެސް މެއެވެ.
1. ޕުޝްޕާ 2: ދަ ރޫލް (2024) - 72 ކްރޯޑު ރުޕީސް (ސާފު ފައިދާ)
2. ޖަވާން (2023) - 65.5 ކްރޯޑު ރުޕީސް
3. ޕަތާން (2023) - 55 ކްރޯރު ރުފިޔާ
4. އެނިމަލް (2023) - 54.75 ކްރޯރު ރުފިޔާ
5. ކޭޖީއެފް: ޗެޕްޓަރ 2 (2022) - 53.95 ކްރޯރު ރުފިޔާ
6. ސްޓްރީ 2 (2024) - 51.8 ކްރޯރު ރުފިޔާ
7. ވޯރ (2019) - 51.6 ކްރޯރު ރުފިޔާ
8. ތަގްސް އޮފް ހިންދޫސްތާން (2018) - 50.75 ކްރޯރު ރުފިޔާ
9. ސިންގަމް އަގެއިން (2024) - 43.5 ކްރޯރު ރުފިޔާ
10. ޓައިގަރ 3 (2023) - 43 ކްރޯރު ރުފިޔާ (ސާފު އާމްދަނީ)
"ޕުޝްޕާ 2: ދަ ރޫލް" އަކީ ސުކުމާރު ޑައިރެކްޓްކޮށްފައިވާ ތެލިނގު ފިލްމެކެވެ. މި ފިލްމު ތެލިނގު އަދި ހިންދީގެ އިތުރުން ތަމަޅަ، ކަންނަޑާ، މަލަޔާލަމް އަދި ބެންގާލީ ބަސްތަކުގައި ވެސް ވަނީ ރިލީޒްކޮށްފައެވެ. މިއީ 2021 ވަނަ އަހަރު ނެރުނު "ޕުޝްޕާ: ދަ ރައިޒް" ގެ ދެވަނަ ބައިގެ ގޮތުގައި ނެރެފައިވާ ފިލްމެކެވެ.