ސިޓިޒަންގެ މަޝްހޫރު ޕްރޯމާސްޓާ ސިލްސިލާގެ 35 އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރީފްސައިޑުން ނުވަ އާ މޮޑަލްގެ ހާއްސަ ކަލެކްޝަނެއް ތައާރަފުކޮށްފިއެވެ.
ރީފް ސައިޑުން މިއަދު ބުނީ ކަނޑާއި އުދަރެހާއި އަދި އެއްގަމަށް އަމާޒުކޮށް ފަރުމާކޮށްފައިވާ އެ ނުވަ މޮޑަލްތަކުގެ ތެރެއިން ތިން މޮޑެލްއަކީ ލިމިޓެޑް އެޑިޝަންއެއް ކަމަށެވެ. އަދި އެ ހުރިހާ ގަޑިއެއްވެސް ރީފްސައިޑުން ގަންނަން ލިބޭނެ ކަމަށްވެސް ބުންޏެވެ.
ކަނޑަށް ހާއްސަކޮށްފައިވާ މޮޑެލް ކަމަށްވާ "މެކޭނިކަލް ޑައިވާ 200 މީޓަރު"ގެ ގަޑި ފަރުމާކޮށްފައިވަނީ ސިޓިޒަންގެ މަޝްހޫރު "ފުޖިޓްސުބޯ ޑައިވާ" އިން ތަޖުރިބާ ލިބިގެންނެވެ. އެއީ އެތައް އަހަރެއް ވަންދެން ކަނޑުއަޑީގައި އޮވެ، ގޮނޑުދޮށަށް އެރި ނަމަވެސް މަސައްކަތް ކުރި ގަޑިއެކެވެ.
އެ ހާއްސަ އެޑިޝަންގެ ޑައަލާއި ބެޒަލްގައި ކަނޑުގެ ކުލަތައް ބޭނުންކޮށްފައިވާއިރު އޭގެ ކޭހާއި ބްރޭސްލެޓް ހަދާފައިވަނީ ސުޕާ ޓައިޓޭނިއަމް އިންނެވެ. އަދި މިއީ ސިޓިޒަންގެ އަމިއްލަ ޓެކްނޮލޮޖީއެއް ކަމަށްވާ ޑިއުރަޓެކްޓް ޕްލެޓިނިއަމް ބޭނުންކޮށްގެން ފެހި ނުދާނެހެން ހަދާފައިވާ ގަޑިއެކެވެ.
އުދަރެސް ސިލްސިލާގައި ދެ ވައްތަރެއްގެ ހިމެނެއެވެ. ލިމިޓެޑް އެޑިޝަންގެ އީކޯ-ޑްރައިވް ރޭޑިއޯ- ކޮންޓްރޯލްޑް މޮޑެލް ފަރުމާކޮށްފައިވަނީ ގުތުބު ސަރަހައްދުން ފެންނަ މިޑްނައިޓް ސަން ފެނުމުން ހިތްހަމަޖެހުމުން ލިބިގެންދާ ގޮތަށެވެ. ގްރޭއާއި ސަކުރާގެ ކުލަތައް ހިމެނޭ އެ ގަޑި ދުނިޔޭގެ ހުރިހާ ސަރަހައްދުތަކަކަށް ސިންކްރަނައިޒް ކުރެވޭނެއެވެ.
އުދަރެސް ސިލްސިލާގެ ދެވަނަ މޮޑެލްއަކީ އީކޯ ޑްރައިވް ޖިއޯ ޓްރެކާ ކަލެކްޝަންއެވެ. އެއީ އެކްސްޕްލޯރަރުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގަޑިއެކެވެ. އެ ގަޑީގައި ހިމެނޭ އެޑްވާންސްޑް ކެލްއެޗް 864 މޫވްމެންޓުގައި އީކޯ ޑްރައިވް ގްލޯބަލް ރޭޑިއޯ ކޮންޓްރޯލްޑް ޓެކްނޮލޮޖީ ހިމެނޭނެއެވެ.
އަދި އެ ގަޑީގެ ޑައަލްގައި ދުނިޔޭގެ އުތުރުގެ ބައްރުތަކުގެ މެޕަކާއި ޔޫޓީސީ އިންޑިކޭޓާއެއް ހިމެނޭއިރު، މިއީ އާ ތަންތަނަށް ދަތުރުކުރާ މީހުންނަށް އެކަށީގެންވާ ގަޑިއެކެވެ.
އެއްގަމު ސިލްސިލާއަކީ އީކޯ-ދްރައިވް ކޮމްބިނޭޝަން ކަލެކްޝަނެެވެ. އެ ސިލްސިލާގައި ހިމެނެނީ އައުޓްޑޯ އެކްސްޕެޑިޝަންތަކަށް އަމާޒުކޮށްގެން ހަދާފައިވާ ހަތަރު މޮޑެލްއެވެ.
އެއް މޮޑެލްއަކީ ލިމިޓެޑް އެޑިޝަނެކެވެ. އެ ސިލްސިލާގެ ކޮންމެ ގަޑިއެއްގައިވެސް ހުންނާނީ ހައި-ކޮންޓްރާސްޓް މެމޮރީ އިން ޕިކްސެލް (އެމްއައިޕީ) ޑިސްޕްލޭއެކެވެ. އޭގެ ސަބަބުން ގަޑީގެ އެކި ފަންކްޝަންތައް ފަސޭހައިން ފެންނާނެއެވެ. އޭގެ ތެރޭގައި ޕާޕެޗުއަލް ކަލަންޑަރު، ވޯލްޑް ޓައިމާ، ކްރޮނޮގްރާފް، ޓައިމާ، އެލާމް އަދި ލައިޓް ލެވެލް އިންޑިކޭޓަރު ހިމެނެއެވެ. އަދި އެ ގަޑީގެ ތެރޭގައި ހުންނަ އެތެރެ ދައުވާ ރިންގު، ކޮމްޕަހެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.