މުނިފޫހިފިލުވުން

ޖިގްރާ މިއަދުން ފެށިގެން ނެޓްފްލިކްސް އިން ބެލޭނެ

އާލިޔާ ބަޓްގެ "ޖިގްރާ" މިއަދުން ފެށިގެން ނެޓްފްލިކްސް އިން ބެލޭނެއެވެ.

ޑައިރެކްޓަރު ވަސަން ބާލާގެ ތްރިލާ މި ފިލްމުގައި ވެދާންގް ރައިނާ، މަނޯޖް ޕާވާ އަދި ވިވެކް ގޮމްބާ ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ.

"ޖިގްރާ" އަކީ އޭނާގެ ކޮއްކޮ އަންކުރު އާނަންދް (ވެދާންގް ރައިނާ) ސަލާމަތްކުރުމަށް ނުރައްކާތެރި ދަތުރެއް ފަށައިގެން އުޅޭ ދައްތަ ސަތިޔާ އާނަންދް (އާލިޔާ) ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ. ދަރްމާ ޕްރޮޑަކްޝަންސްގެ ދަށުން އުފައްދައި، ވަޔަކޮމް18 ސްޓޫޑިއޯސް އަދި އިޓަރނަލް ސަންޝައިން ޕްރޮޑަކްޝަންސްއިން ހުށަހަޅާ މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ދެބާޝިޝް އިރެންގްބާމް އަދި ވަސަން ގުޅިގެންނެވެ.

މި ފިލްމު ދުޝޭރާ ދުވަސްވަރު ރިލީސްކުރި އިރު ބޮކްސް އޮފީހުގައި އެހާ ރަނގަޅު ނަތީޖާއެއް ނުލިބެއެވެ. މިއީ އާލިއާގެ ފިލްމީ ކެރިއަރުގެ ދެވަނަ ފިލްމު، 2014 ވަނަ އަހަރު ނެރުނު "ހައިވޭ" އަށްފަހު އެންމެ ދަށް އޯޕަނިން ލިބުނު ފިލްމެވެ.