އާލިޔާ ބަޓް، ދިނޭޝް ވިޖަޔަންގެ ބިރުވެރި މަޖާ ފިލްމެއްގައި ބައިވެރިވުމަށް މަޝްވަރާކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވިޖަޔަން އަކީ މި ދާއިރާގެ ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ ޕްރޮޑިއުސަރެކެވެ. އޭގެ ތެރޭގައި 'ސްޓްރީ'، 'ސްޓްރީ 2'، 'މުންޖާ'، 'ބެދިޔާ' ފަދަ ފިލްމުތައް ހިމެނެއެވެ.
ޕިންކްވިލާގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ، އާލިއާ އަބަދުވެސް ދިނޭޝް ވިޖަޔަން އާއެކު ފީޗާ ފިލްމުތަކާ ބެހޭގޮތުން މަޝްވަރާކުރަމުން އައިސްފައިވާ ކަމަށެވެ. މިހާރު އެ ޕްރޮޑިއުސަރާއެކު މަސައްކަތް ކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އާލިއާ ވަނީ ސައިކޮލޮޖިކަލް ސުޕަނެޗުރަލް ތުރިލާއަކަށް ލޯބިޖެހިފައި ކަމަށެވެ. މިއީ 'ލަވް އެންޑް ވޯ' ގެ ފަހުން ބޮޑު ސްކްރީނަށް ނެރޭ އޭނާގެ ދެން އޮތް ފިލްމަށް ވެދާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެއެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނީ މި ބިރުވެރި ތްރިލާގެ ނަމަކީ 'ޗަމުންޑާ' ކަމަށާއި ފިލްމުގެ މަސައްކަތް މިހާރު އޮތީ ސްކްރިޕްޓް ލިޔުމުގެ މަރުހަލާގައި ކަމަށެވެ.
އާލިއާ އެންމެ ފަހުން ފެނިގެން ދިޔައީ 'ޖިގްރާ' އިންނެވެ. މިއީ އޭނާ ޕްރޮޑިއުސްކުރި ފިލްމެކެވެ. މާބޮޑު ކާމިޔާބީއެއް ނުލިބުނު މި ފިލްމުގައި އާލިއާ އާއެކު ވެދާންގް ރައިނާ ވެސް ފެނިގެން ދިޔައެވެ.